މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު ދުނިޔޭގެ ހުރިހާ މީޑިއާތަކަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތު ދައުވަތު ދުނިޔޭގެ ހުރިހާ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މަޖިލީހުން މިއަދު ބުނީ ރާއްޖެއިން ބޭރުގެ މީޑިއާތަކަށް ވެސް ބައިވެރިވުމަށް ނަންނޯޓުކުރަން ހުޅުވާލާފައިވާކަމަށެވެ. 

އިޝްތިހާރު
އިޝްތިހާރު

ރަސްމިއްޔާތު ކަވަރުކުރަން ޝައުގުވެރިވާ ބޭރުގެ މީޑިއާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

ރެޖިސްޓާ ކުރުމަށް ހާއްސަ އޮންލައިން ފޯމުގެ ލިންކުވެސް މަޖިލީހުން މިއަދު ވަނީ އާންމުކޮށްފައެވެ. ޝައުގުވެރިވާ މީޑިއާތަކުން މިމަހުގެ 31 ވަނަ ދުވަހު ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. އެއީ އިންތިހާބުގެ 54 ޕަސަންޓު ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވީ 109،868 ވޯޓުވެ. އެއީ %45 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ހުވާ ކުރާނީ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.  

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ