ގދ ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، އެމީހާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ކުރި މަސައްކަތުން އަދިވެސް އެމީހާ ފެނިފައިނުވާކަމަށެވެ.
އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މީހާ ހޯދުމަށް އިއްޔެ އިރުއޮއްސުމާ ހަމައަށް 900 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި މީހާ ހޯދުމުގެ މަސައްކަތް މާދަމާ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.


