ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑުތަކެއް ބީއެމްއެލް އިން ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑުތަކެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ މި ކާޑުތަކުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކަސްޓަމަރުން ހޭލުންތެރިކޮށް އަތި ތިމާވެށި ހިމާޔަތް ކުރުމަށް ހިތްވަރު ދެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކްގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން. މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއް.” އޭނާ އިތުރަށް ވިދާޅުވިއެވެ.

އަލަށް ތައާރަފްކުރި ކާޑުތަކުގައި، ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފެންނަ ރެދަނާއި މުރަކައިގެ ތަފާތު ރީތި މަންޒަރުތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލާ ރާޅާއި މޫދު މަންޒަރުތައް ވެސް ކާޑުގައި ހިމަނާފައިވެއެވެ.

އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލްގެ ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި މި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ