ލޭންޑިންގކްރާފްޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

ޚަބަރު ފަހުގެ

ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދަން ކަނޑުމަގުންނާއި، ވައިގެމަގުން 5118 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ބަލާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިގޮތުން ވައިގެ މަގުން ކޯސްޓްގާޑުގެ ސިފައިން ވަނީ 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ. އަދި ކޯސްޓްގާޑު ޝިޕް ޢާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ވަނީ ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ.

އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އަދިވެސް އެ މީހާ ފެނިފައި ނުވާ ކަމަށް ސިފައިން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ