ހަނިމާދޫގައި ދޮށީ އުމުރުގެ މީހާއަށް އަނިޔާކުރި މީހާ ބަންދުން ދޫކޮށްލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫގައި ދޮށީ އުމުރުގެ މީހާއަށް އަނިޔާކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މިމަހުގެ 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ހދ. ހަނިމާދޫގެ ގެ އަކަށް މީހަކު ވަދެ އެ ގޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު މައްސަލަގައި ވަނީ 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އެޒުވާނަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެކެވެ. އަދި ކުށުގެ ރިކޯޑު އޮންނަ ޒުވާނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެޒުވާނާ ވަނީ ހަމަ އެރޭ ހަތްޔަރުކޮށްފައެވެ. އަދި ޖެހިގެން އައިދުވަހު ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހަޒީރު ކޮށް 7 ދުވަސް ބަންދަށް ޖަހާފައިވެއެވެ. އެމުއްދަތު ހަމަވުމުން އިތުރު 14 ދުވަސް ބަންދަށް އިތުރު ކުރިއެވެ.

އެމުއްދަތު 23 ވަނަ ދުވަހަށް ހަމަވެފައިވާއިރު ފުލުހުން ބުނީ އެޒުވާނާގެ ތަހުގީގަށް ބޭނުންވާ މަރުހަލާ ފުރިހަމަ ކޮށް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ދޮށީ އުމުރުގެ މީހަކީ އާދަމް ޔޫސުފެވެ. އޭނާގެ ބޮލުގައި ފިހިގަނޑެއްގެ ދަނޑިން ޖަހައި ބޯ ފަޅާލާ މޫނުމައްޗާއި ކޮނޑުމަތި ޒަހަމްކޮށްލާފައިވެއެވެ. އަދި ސަލާމަތަށް އެދި ހަޅޭއްލަވަން ފެށުމުން އަނގަމަތިވެސް ފަޅާލިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ