ތިނަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

ޚަބަރު ފަހުގެ

ގދ. ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ތިނަދޫ، ފައިތުގޭގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ މަޢުލޫމާތު، މިއަދު 15:50 ހާއިރު ތިނަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، ފަޔާ ފައިޓަރުންގެ ޓީމެއް އެ ގެއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ ގޭގައި ރޯވި އަލިފާން ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ފަސް ބިދޭސީން ދިރިއުޅޭ އެ ގޭގައި އަލިފާން ރޯވީ އެގޭގެ ސިޓިންގ ރޫމުގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. ނަމަވެސް އެ ތަނުގައި ހުރި ހިފާގެންގުޅޭ ސާމާނުތަކަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ