ޖާހު ފްލެޓްތަކުގެ މަސައްކަތް އާބަންކޯ އިން ފަށައިފި

ޚަބަރު ފަހުގެ

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ “ދަ ގާޑަން” ފްލެޓްތައް ހަ މަސްތެރޭ ނިންމުމަށް އާބަންކޯ އިން މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިމާރާތުގައި މިހާރު ކުރަމުން އަންނަނީ 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުރިއަށް އޮތް ހަ މަސް ތެރޭ، އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ނިންމާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޖާހުގެ “ދަ ގާޑަން” އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެތަނުގައި 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ، އެތަނުން އެޕާޓްމަންޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލާގައި އެމީހުން މުޒާހަރާ ވެސް ކުރި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ