ޕީޕީއެމްގެ ނަމުގައި ޞައްޙަނޫން މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ޚަބަރު ފަހުގެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އެ ޕާޓީން އެދިއްޖެއެވެ.

ރެއިން ފެށިގެން ޕީޕީއެމްގެ ނަމުގައި ފޮނުވަމުންދާ މިމެސެޖުތަކަކީ އެޕާޓީގެ ނަން ބޭނުންކޮށް ޑީއެޗްއެލްގެ ލިންކަކާއިއެކު އެކި މީހުންގެ ފޯނުތަކަށް ފޮނުވަމުންދާ މެސެޖެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމްއިން ބުނީ މިއީ ބަޔަކު ފޮނުވަމުންދާ ސްޕޭމް މެސެޖްތަކެއް ކަމަށާއި މިކަމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އަދި ފޯނުތަކަށް ފޮނުވަމުންދާ މި ލިންކަށްއެއްވެސް މީހަކު ނުވަނުމަށް އެޕާޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސްކޭމް ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދާ މައްސަލައަކީ ރާއްޖޭގައި މިފަހުން ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި މިފަދަ ކޯލްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ މެދުކެނޑުމެއް ނެތި އާއްމުންނަށް އިލްތިމާސްކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ