ޔަހޫދީންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް އދ.ގައި ރާއްޖެއިން ގޮވާލައިފި

ޚަބަރު ފަހުގެ

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމަތައް ހުއްޓުވައި، ޔަހޫދީންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން އދ.ގައި ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ އަސްކަރިއްޔާއިން ހިންގާ އަނިޔާވަރި ޢަމަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޙައްލު ހޯދުމަށް ކުރިއަށް ގެންދިޔަ އދ ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން އދ.އަށް ކަނޑައަޅަފައި ހުންނަވާދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން ވަނީ، ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ ޔަހޫދީން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްޠީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާ ފިއްތުންތަކުގެ ނަތީޖާއެއްކަމުގައި ސިފަކުރައްވާފައެވެ. އަދި އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ 2 މިލިއަނަށް ވުރެގިނަ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމާމެދު ރާއްޖޭން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މަޢުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމަޢެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާމެދުވެސް ތިލްތީޛާ ވަނީ ސުވާލުއުފައްދަވާފައެވެ. އަދި މިޢަމަލުތައް ބަލައިގަތުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހަމަތަކާއި އުޞޫލުތަކާ މުޅިން ޚިލާފުކަމެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތިލްމީޛާގެ ވާހަކަފުޅުގައި، ސިއްޙީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި، ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔަހޫދީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަން ހާމަކުރެއްވިއެވެ.

ތިލްމީޛާގެ ވާހަކަފުޅު ނިންމެވުމުގެ ކުރިން އެކަމަނާ ވަނީ ހަލަބޮލި ސިޔާސީ މަޞްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ޤާއިމުކުރުމަށް އ.ދ. ގެ ޢާންމު މަޖިލީހުން ހިތްވަރާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށްވެސް އެކަމަނާ ގޮވާލައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އދ ގާ ރާއްޖޭގެ ފަރާތުން އިޢުލާންކުރަންވީ ފަލަސްތީނަކީ އެހެން ގައުމުތަކޭ އެއްފަދައިން ސިޔާދަތީ މިނިވަން ބާރު އޮތް މުސްތަގިއްލު ކައުމެއްކަމަށް އަދި الدولة الفلسطينية ކަމަށް އިޢުލާން ކުރަންވީ