ބާރަށު ދާއިރާއަށް ޝުޖާ ވާދަކުރަނީ

ފަހުގެ ސިޔާސީ

އިބްރާހިމް ޝުޖާއު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާރަށު ދާއިރާގެ މެންބަރު ކަމަށް ކުރިމަތި ލައްވާކަން އިއުލާން ކުރައްވައިފިއެވެ.

ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. އަދި މިހާރު މި ހިނގާ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިޚާބު ނާކާމިޔާބުވުމުން ފަހުން އޭނާ ވާދަކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަށެވެ. އެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެން އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާކަން، ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝުޖާ އިއުލާނު ކުރެއްވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާ ވަނީ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރައީސްކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހޮވިވަޑައިގެންފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުންތަކެއް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ