ތަރައްޤީއާ ދުރަށްދާން ބޭނުންނުވާކަން ހަނިމާދޫ ރައްޔިތުން ދައްކާލައިފިއެވެ.
އެގޮތުން މިއަދު ހަވީރު ހަނިމާދޫ އެމްޑީޕީ ޒުވާނުންގެ ގޮފިން އިންތިޒާމް ކުރި ސައިކަލް ބުރެއްގައި ހަނިމާދޫގެ ގިނަ އަދަދަކަށް ރައްޔިތުން ބައިވެރި ވެފައިވެއެވެ.
ސައިކަލް ބުރުގައި ބައިވެރިވި ފަރާތްތަކުން ބުނީ ހަނިމާދޫއަށް އިންގިލާބީ ބަދަލުތަކެން ގެނެސްދިން ރައީސް ސޯލިހު ހޮވާނީ އެއްބުރުން ކަމަށެވެ.
“އަޅުގަނޑުމެން ބޭނުންމެއްނޫން އިތުރު ވެރިއެއް ހޮވާކަށް، މި ފަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންގެ ތެރެއިން އަތޮޅުތެރެއަށް މިވަރުގެ ތަރައްޤީއެއް ގެނެސްދިން ވެރިއެއް ނެތް، އެހެންވީމާ އެއްބުރުން ހޮވާނީ އިބޫ” ސައިކަލް ބުރުގެ ބައިވެރިވި ޒުވާނެއް ބުންޏެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ހަނިމާދޫއަށް ވަނީ ތަރައްޤީގެ އެތަކެއް މަޝްރޫޢުތަކެއް ހިންގަވައިދެއްވާފައެވެ. އޭގެތެރޭގައި 46،466 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާ މަގު ހަދާފައިވެއެވެ. އަދި ޓާފް ދަނޑަކާއި ބަނދަރު މަޝްރޫޢުވެސް މީގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު އަހަރަކު 1.5 މިލިއަން ފަތުރުވެރިނަން ހިދުމަތް ދެވޭވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ދަނީ ތަރައްޤީ ކުރަމުންނެވެ. އަދި ހަނިމާދޫ ކަރަންޓު ވިއުގަ ވަރުގަދަ ކުރުމަށް 1 މެގަވޯޓް ދެ ޖަނަރޭޓަރު، 1.2 އެ ޖަނަރޭޓަރ، އަދި 800 މެގަވޯޓުގެ ޖަނަރޭޓަރ ވަނީ ގެނެސްފައެވެ. މީގެ އިތުރުން ޒަމާނީ ކުނިކޮށީގެ މަސައްކަތް ފަށާފައިވާއިރު ހަނިމާދޫ ގޮނޑުދޮށް ހިމާޔަތްކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.