ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމް ހަނިމާދޫ ދެވަނަ މެޗުގައި ކުޅުދުއްފުށި ކުލަބް ކޮރަލްސް ބަލިކޮށް ޓީމް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.
މިރޭ ކުޅުނު މެޗު ޓީމް ހަނިމާދޫން ކާމިޔާބު ކުރީ ސިދާ 3 ސެޓުންނެވެ.
ޓީމް ހަނިމާދޫ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 25-17 25-21 އަދި 25-19 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ ޖާޒީ ނަންބަރު 09 އިސްމާއިލް ސާޖިދު އެވެ.
ދެން ޓީމް ހަނިމާދޫ ފިރިހެން ޓީމްގެ މެޗެއް ކުޅޭނީ މި މަހުގެ 9 ވަނަ ދުވަހު ވައިކަރަދޫ ވިޔެސް ވޮލީ ޓީމާއި ދެކޮޅަށެވެ. އަދި ޓީމް ހަނިމާދޫ އަންހެން ޓީމްގެ މެޗެއް ކުޅޭނީ މި މަހުގެ 8 ވަނަ ދުވަހު ވައިކަރަދޫ ޓީމް ވިޔެސްއާއި ދެކޮޅަށެވެ.