ޔުނިސެފުން ހިމަބިއްސާއި ރުބެއްލާ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފި

ޞިއްހަތު ޚަބަރު ފަހުގެ

ޔުނިސެފުން ހިމަބިއްސާއި އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

އާދީއްތަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީއާ ވެކްސިން ހަވާލުކޮށްދެއްވީ ރާއްޖޭގެ ޔުނިސެފް ރިޕްރެސެންޓޭޓިވް ޑރ. އެޑްވާޑް އެޑައިއެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން އެ ވެކްސިނާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އިޝްތިހާރު
އިޝްތިހާރު

ޔުނިސެފުން ރާއްޖެއަށް ހަދިޔާ ކުރީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 136،000 ޑޯޒެވެ.

މިއީ ބަލިތަކުން ރައްކާތެރިކޮށް ދިފާއީ ނިޒާމު ވަރުގަދަ ކަމާއެކީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ވެކްސިނެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ