އެންމެނަށް ވެސް މާލޭގައި އުޅެވޭނެ، ބޭނުންވަނީ ހަރުދަނާ ސިޔާސަތުތަކެއް – ނަޝީދު

ފަހުގެ ސިޔާސީ

ހުރިހާ އެންމެނަށް ވެސް މާލޭގައި އުޅެވޭނެ ކަމަށާއި ބޭނުންވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސް އިން އެ ޕާޓީގެ ޓިކެޓު މުހައްމަދު ސައިފް ފާތިހު އަށް ދޭން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ސައިފްއަށް މަރުހަބާ ވިދާޅުވަމުން ނަޝީދު ވިދާޅުވެފައިވަނީ މޭޔަރު ކަމުގެ އިންތިހާބު ސައިފަށް ކާމިޔާބު ވާނެ ކަމަށެވެ.

ޑިމޮކްރެޓްސްއިން އިއްޔެ ބުނެފައި ވަނީ މާލެ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލުމަށް މި މަހުގެ ފަސްވަނަ ދުވަހު އެ ޕާޓީން އިއުލާނުކޮށްފައިވާ މުއްދަތުގައި އެމަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި ސައިފް ކަމަށެވެ.

އެހެންކަމުން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީ މޭޔަރު އިންތިހާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފް ކަމަށް ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ