ކީ ސްޓޭޖް 2 ގެ ފުޓްސަލްގެ ފައިނަލަށް ހުރަވީ އަދި ދޮށިމޭނާ ހައުސް

ހަނިމާދޫ ކުޅިވަރު ފަހުގެ

މިއަދުގެ މެޗުތަކަށް ފަހު ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ފުޓްސަލް މުބާރާތުގެ ފައިނަލަށް ހުރަވީ ހައުސް އާއި ދޮށިމޭނާ ހައުސް ދަތުރު ކޮށްފިއެވެ.

އެގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ހުރަވީ ހައުސްގެ މުއާޒްގެ ހެޓްރިކާއިއެކު ހުރަވީ ހައުސް މެޗު ކާމިޔާބު ކުރީ ފާށަނާ ހައުސް އާއި ވާދަކޮށް 6-1 ލަނޑުގެ ނަތީޖާއަކުންނެވެ. ހުރަވީ ހައުސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މުއާޒް ބުން އަބްދުލް ރަޙީމް ފުރަތަމަ މިނެޓްގެ ތެރޭގައެވެ. އަދި ދެވަނަ ލަނޑު މުޢާޒް 11 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. ހުރަވީގެ ތިންވަނަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިބްރާޙިމް އައިހަމް މޫސާއެވެ. ހުރަވީގެ ހަތަރު ވަނަ ލަނޑު އަދި މުއާޒްގެ ހެޓްރިކް ލަނޑު 27 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކުރިއެވެ. ހުރަވީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ 32 ވަނަ މިނެޓްގައި އާކިން ބިން އަޝްރަފް އެވެ. އަދި ހުރަވީގެ ފަހު ލަނޑު 36 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިބްރާޙިމް ރައްޔާން އެވެ. ފާށަނާ އިން ޖެހި ލަނޑު ކާމިޔާބު ކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުޙައްމަދު ރަޒާން ނަޝޫޙްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ހުރަވީ ހައުސްގެ މުއާޒް ބިން އަބްދުލް ރަޙީމްއެވެ.

މިއަދުގެ ދެވަނަ މެޗުގައި ވާދަކުރީ ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗު 3-2 ލަނޑުން މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ދޮށިމޭނާ ހައުސް އެވެ. މެޗުގެ ފުރަތަމަ ލަނޑު ދޮށިމޭނާ ކާމިޔާބުކުރީ 17 ވަނަ މިނެޓުގައި ޔަޝަލް އާދަމް ނާސިރެވެ. ޣާޒީ ގެ ފުރަތަމަ ލަނޑަކީ 28 ވަނަ މިނެޓުގައި ދޮށިމޭނާ ހައުސްގެ މިޝަލް އާދަމް ނާސިރުގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ނަމަވެސް ދޮށިމޭނާއިން މެޗުގެ 37 ވަނަ މިނެޓުގައި ޔަޝަލް އާދަމް ނާސިރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަނެއްކާވެސް ދޮށިމޭނާ ކޮޅަށް އަނބުރާލިއެވެ. ދޮށިމޭނާގެ ތިންވަނަ ގޯލަކީ ޣާޒީ ހައުސްގެ އަކުމަލް އަބްދުﷲ ގެ އަތުން 38 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތަ ލަނޑެކެވެ. ޣާޒީ ހައުސްގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަހު މިނެޓުގައި އިބްރާޙިމް ސައްޔާޙުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮށިމޭނާ ހައުސްއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ޔަޝަލް އާދަމް ނާސިރެވެ.

މިގޮތުން މާދަމާ ހަވީރު 4:00 ގައި ކުޅެވޭ ފައިނަލް މެޗުގައި ވާދަކުރާނީ ހުރަވީ ހައުސް އަދި ދޮށިމޭނާ ހައުސްއެވެ. މި މުބާރާތުގެ ފައިނަލަށް ހުރަވީ ހައުސް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 1 މެޗު އެއްވަރުކޮށް ޖުމުލަ 7 ޕޮއިންޓާއި އެކުއެވެ. އަދި ދޮށިމޭނާ ހައުސް ފައިނަލަށް ދަތުރު ކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއި އެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ