އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ބިގޭ

ފަހުގެ ސިޔާސީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީން ކުރިން މި އިންތިޚާބު 23 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެއްސި ނަމަވެސް އިންތިޚާބު މިއަދު (22 ނޮވެމްބަރު)ގައި ވަނީ ބާއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި މުހައްމަދު ރަޝީދު (ބިގޭ)އަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް 20 ވޯޓް ލިބިވަޑައިގެންނެވިއިރު، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމަށް ލިބިވަޑައިގަތީ 02 ވޯޓެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރަކު އައްޔަންކުރުމަށް އިންތިޚާބު ބާއްވަން ނިންމާފައިވަނީ، ޕީޖީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުމާއެކު، އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެމްޑީޕީއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ