ކްރިމިނަލް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ އަޙްމަދު މުހައްމަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުހައްމަދު (34އ) ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، އަޙްމަދު މުހައްމަދު ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ކަން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އަޙްމަދު މުހައްމަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކޮށްފައި ވަނީ މާދަމާ ހެނދުނު 09:30 އަށެވެ.
އެހެންކަމުން އަޙްމަދު މުހައްމަދު ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.


