ހަނިމާދޫ އެއަރޕޯޓް މަޝްރޫޢު: ހަޅުތާލު ހުއްޓާލާ ޖޭއެމްސީ މުވައްޒަފުން މަސައްކަތަށް ނުކުމެއްޖެ

ހަނިމާދޫ ފަހުގެ

އެތަކެއް ޝަކުވާތަކާއެކު ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލި އިންޑިއާގެ ޖޭއެމްސީ މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދާދިނުމުން މަސައްކަތަށް ނުކުމެއްޖެއެވެ.

މީގެ ކުރިންވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލާ އިންޑިއާގެ ޖޭއެމްސީގެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. ނަމަވެސް އެދެވޭ ހައްލެއް ނުލިބި މިދިޔަ ބުރާސްފަތި ދުވަހު މަސައްކަތް ހުޓާލުމަށްފަހު މަސައްކަތަށް މުވައްޒަފުން ނުކުތީ މިއަދު ހެނދުނުގެ ވަގުތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މުވައްޒަފުން މަސައްކަތް ހުއްޓާލީ އެމީހުންނަށް ފުރިހަމަ ސިއްހީ ފަރުވާއާއި ފުރިހަމަ ކެއުން ލިބެމުން ނުދާތީއާއި ޗުއްޓީއަށް ދާއިރު އަމިއްލައަށް ހަރަދު ކުރަން ޖެހުމާއި އެމަހުގެ މުސާރަ ނުދޭތީ ކަމަށް އެމީހުން ބުނެއެވެ.

” އަހަރެމެން އެދުނު ކަންތައް މިހާރު ހަމަ ޖެހުނީ، ރަނގަޅު ކަނާ ފޯރުކޮށްދޭ، ސިއްހީފަރުވާ ހޯދަން އިންތިޒާމްތައް ހަމަޖައްސައިފި، ޗުއްޓީއަށް ދާން 1 މަސް މުސާރަޔާއެކު، ދަތުރު ކުންފުނިން ހަމަ ޖައްސައިދޭ” ޖޭއެމްސީ މުވައްޒަފުން

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިންޑިއާގެ ޖޭއެމްސީގެ 400 އަށް ވުރެއް ގިނަ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ