އދ. ދިގުރަށުގައި ވިހެއި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.
ދިގުރަށު ކުނިގޮނޑުން ކަޅު ކުލައިގެ ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އަކީ އެރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ އަންހެނެކެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ސްރީ ލަންކާ އަންހެނެއް ކަަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ލަންކާ އަށް ފުރަން ވެލާނާ އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.