ޢަބްދުއްރަޙީމް އަނެއްކާވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ޚަބަރު ފަހުގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުޝީރު، ޢަބްދުއްރަހީމް ޢަބްދުﷲ ވާދަކުރައްވަމުން ނިންމަވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަންކަންވެސް ކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ ތާޢީދަށް ޢަބްދުއްރަޙީމް ވަނީ އެދިވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮނަދުއަށް އުފަން ޢަބްދުއްރަހީމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި އެދާއިރާގެ މެންބަރުކަން ކުރައްފާއެވެ. އެއީ 17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ޢަބްދުއްރަހީމް ވާދަކުރެއްވިއެވެ. ނަމަވެސް އެފަހަރު އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ މެންބަރު މޫސާ ސިރާޖެވެ. މުސާ ސިރާޖަކީ މިހާރުގެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ