ރަމަޟާން މަހުގެ ފަހު 10 ދުވަސް ބަންދުކުރެއްވުމަށް ސަރުކާރުން ނިންމަވައިފި

ޚަބަރު ފަހުގެ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ރަމަޟާން މަހުގެ ފަހު 10 އެއްގެ ބަންދުވެސް ލިބޭނީ ޢާއްމު އުސޫލުން ސަރުކާރު ބަންދު ލިބޭގޮތަށް މިލިބެނީ، ޑިއުޓީއާއި އެހެނިހެން ކަންތައްތައް އޮންނަ ބޭފުޅުންނަށް އެއޮންނަ ތަރުތީބުން އެކަންކަން އޮންނާނެ.” ޝަހީބް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 އެއް ބަންދުކުރުމަށް ނިންމެވީ އެހެން ބަންދުތަކެކޭވެސް އެއްފަދައިންކަމަށެވެ. އެހެންކަމުން މިއުސޫލުގެ ދަށުން ބަންދުވާނީ ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށްކަމަށެވެ. އަދި ޝިފްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނަށް މިދުވަސްތައް ބަންދު ނުވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޙަވާލުވެވަޑައިގެން އެންމެ ބޮޑަށް އިސްކަމެއް ދެއްވާނެ އެއްދާއިރާއަކީ ދިވެހިންގެ މެދުގައި ދީނީ އަދި ޤައުމީ ލޯބި ޖެއްސެވުމަށް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. މިގޮތުން ގިނަ ނިންމެވުންތަކެއް މިވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ