އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ދެކުނު ކޮރެއާއިން 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެކުނު ކޮރެއާއިން ފަސް ލަނޑު ޖެހިއިރު، އަނެއް އަށް ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ.
ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑުކޮށް ރާއްޖެ ބަލިވި ނަމަވެސް، މީގެ ކުރިން ރާއްޖެއިން ކުޅުނު ދެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ރާއްޖެއިން ވަނީ 2-2 ގެ ނަތީޖާއަކުން ބޫޓާނާ އެއްވަރުކުރުގެ އިތުރުން، ބަހްރއިން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެެވެ. ގްރޫޕް ފިޔަވަހީގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ކޮރެއާ އާއި ދެވަނައިގައި އޮތް ޗައިނާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަހްރެއިނަށް ވަނީ ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ބޫޓާނާއި ފަސްވަނައިގައި އޮތް ރާއްޖެއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ކޮލިފައިން ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ.