އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި

ޚަބަރު ފަހުގެ

ދެ ޑިންގީ ޖެހި މިރޭ ހުޅުމާލޭ ފަޅުގައި ހިނގި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިގެން ހޯދަމުން އަންނަކަމަށް ފުރަތަމަ ފުލުހުން ބުނިނަމަވެސް މި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓްގެ މައުލޫމާތުދިންތާ 15 ވަރަކަށް މިނިޓްފަހުން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ކުރީގެ މައުލޫމާތު އިސްލާހްކޮށް ބުނެފައި ވަނީ މޫދަށް ވެއްޓުނީ މީހަކު ނޫން ކަމަށާއި ޑިންޑީގައި ހުރި ތަކެތި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނި ގޮތުގައި މިހާރު ވަނީ އެ ތަކެތި މޫދުން ނަގައިފަ އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ