މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވެވި ސިޓީ ހާމަކުރައްވައިފި

ޚަބަރު ފަހުގެ

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ މިހާރުގެ ސަރުކާރުން ޢާންމުކުރައްވައިފިއެވެ.

މި ސިޓީ ހާމަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސިޓީގައި ބަޔާންކުރައްވާފައިވާގޮތުގައި ބައިނަލްއަޤްވާމީ ކޯޓަކުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އެ ސިޓީގައިވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި، އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ނެރުއްވި ނޫސްބަޔާނުގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީއަށް ބަލާއިރު އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީ އެއްކަމުގައިވީ ނަމަވެސ،ް މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ޞާލިޙް އާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ފެންނަން ނެތްކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓ ފޮނުވާފައިވަނީ ވަކިކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސ،ް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވާކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތްކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއްކަމަށް އޭރުގެ ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ