އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އަޅަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ދިވެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ މާލޭ ސޯސަން މަގުގައި، ކުރީގެ ނާދީ ހުރި ބިމުގައި ޓާޓާ ހައުސިންގ އިން އަޅަމުންދާ ލަގްޒޭރާ އިމާރާތުން، ރޯޝަނީ ހިނގުމާވީ ދިމާލަށް ވެއްޓުނު ދަގަނޑު ހޮޅިއެއްގެ ސަބަބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހޮޅި ވެއްޓިފައި ވަނީ، ރޯޝަނީ ހިނގުމުގައި ކުނިކަހަން ހުރި ވެމްކޯގެ އަންހެން މުވައްޒަފެއްގެ ގަޔަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެ މީހާއަށް ޒަހަމްވިކަމަށް މައުލޫމާތު ލިބުނު ނަމަވެސް، ލިބިފައިވާ އަނިޔާގެ ތަފްސީލް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ