5000 އަކަފޫޓު 15 ބިން ހަނިމާދޫ ކައުންސިލުން ދަނޑުވެރިނަން ހަވާލު ކޮށްފިއެވެ.
މިބިންތައް ހަވާލު ކުރުމުގެ ގޮތުން ހޯމަ ދުވަހު ވަނީ ގުރުއަތުލާފައެވެ. އަދި މިއަދު ވަނީ އެފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ކަމާއިގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުޙައްމަދު ވިދާޅުވީ ހަނިމާދޫ ދަނޑުވެރިންގެ ދަފްތަރުގައި 30 ފަރާތެއް ރަޖިސްޓްރީވެފައިވާކަމަށެވެ. ނަމަވެސް ދަނޑު ބިންތަކަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ 15 ފަރާތުން ކަމަށެވެ.
” މިދެވުނު ބިންތަކަކީ 5 އަހަރު ދުވަހަށް ދެވޭ ބިންތަކެއް، ފުރަތަމަ އަހަރު އެއްވެސް ފީއެއް ނުނަގާނެ، އެއް އަހަރު ފަހުން ކޮންމެ މަހަކު 200 ރުފިޔާ ފީއެއް ދައްކަން ޖެހޭނެ” ފިރާގް ވިދާޅުވިއެވެ.
ދަނޑު ބިމުގެ ގޮތުގައި ދޫކޮށްފައިވަނީ އެގުރިކަލްޗަރ ބިމުގެ ގޮތުގައި އިތުރުކޮށް ބޭނުންނުކޮށް އޮތްބިން އަނބުރާ ކައުންސިލަށް ނެގުމަށްފަހު އެ ބިމުންނެވެ.