ފާޑުކިޔާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުން: ޑިމޮކްރެޓްސް

ޚަބަރު ފަހުގެ

ސަރުކާރަށް ފާޑު ކިޔަމުންދާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

ސަރުކާރަށް ފާޑުކިޔާ ހަބަރުތައް ގެންނަ ދެ ވެބްސައިޓެއް ސަރުކާރުން ވަނީ ބްލޮކް ކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ވެބްސައިޓް ބްލޮކް ކުރި ސަބަބު ސަރުކާރުން ސާފު ކޮށްދީފައި ނުވާއިރު، ދެ ނޫހެއްގެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމުން ކަންބޮޑުވާ ކަމަށެވެ.

“…މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސާޝިޕްގެ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ދެކެން،” އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަން ކަމެއްގެ މުލުގައިވާ ބާރެއް ކަމަށާއި އެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ދޭން ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ