ރަޖިސްޓްރީކޮށްގެން ހިންގަނިކޮށް ބްލޮކް ކުރި “ފުރަތަމަ” ނޫހުގެ ވެބްސައިޓު އަންބްލޮކް ކޮށްފި

ޚަބަރު ފަހުގެ

ރަޖިސްޓްރީކޮށްގެން ހިންގަނިކޮށް ބްލޮކް ކުރި “ފުރަތަމަ” ނޫހުގެ ވެބްސައިޓު ރޭ އަންބްލޮކް ކޮށްފި އެވެ.

އެ ނޫހުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ވެބްސައިޓު އަންބްލޮކް ކޮށްފައިވަނީ 24 ގަޑިއިރު ފަހުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ފުރަތަމަ” ނޫހުގެ ވެބްސައިޓު ބްލޮކް ކުރިކަން ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ޖަމިއްޔާއަށް ފާޑުވިދާޅުވިއެވެ.

ނަމަވެސް ނޫސްވެރިންގެ ޖަމްއިއްޔާއިން ވަނީ ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރީ ރާއްޖެއިން ސީދާ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން ކަމަށް ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުން ބުނެފައިވާ ކަމަށް ބުނެ ސަރުކާރަށް ރައްދުދީފަ އެވެ.

“ފުރަތަމަ ނިއުސް” ރަޖިސްޓްރީކޮށްފައި ވަނީ ނޮވެމްބަރު 25، 2019 ގަ އެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ