އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޓޮމް ފޯމް ހުށަހަޅުއްވައިފި

ކުޅިވަރު ފަހުގެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެސޯސިއޭޝަން އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

ތޯރިގު މިއަދު ފޯމް ހުށަހަޅާފައިވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާއިން އޭނާގެ ނަން ނޮމިނޭޓް ކުރުމުންނެވެ. އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް އިންތިޚާބުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަސްޓް ޑިވިޝަންގައި ހިމެނޭ ތިން ކްލަބެއް އެފަރާތެއް އެންޑޯޒްކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ޓޮމް މި މަޤާމަށް ކުރިމަތިލެއްވި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މި މަޤާމަށް ކުރިމަތިލެއްވީ 2016 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އިންތިޚާބުގައެވެ. އެފަހަރުގެ އިންތިޚާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެކަމަކު، ޓޮމްއަށް އެމަޤާމުގައި ހުރެވުނީ އެންމެ ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. އެފަަހަރު ޓޮމް ވަނީ އެކްސްކޯއަށް ނާންގާ އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ކަމުގައިވާ ބައްސާމް އާދިލް ޖަލީލް މަޤާމުން ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން އެކްސްކޯގެ ފަސް މެންބަރުން ވަނީ އެއްފަހަރާ އިސްތިއުފާ ދެއްވާފައެވެ. ހަމަ އެއަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ޓޮމް ވާދަކުރެއްވި ނަމަވެސް، އޭނާ ބަލިކޮށް، އެފްއޭއެމްގެ ރައީސްގެ މަޤާމަށް ބައްސާމް ހޮވުނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި އޮއްވާ މި އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު މެންދުރުފަހު 02:00 އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ