ވިލިމާލޭގައި ޕާކެއް ތަރައްޤީކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ވިލިމާލޭގެ ޕާކެއް ތަރައްޤީކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފި އެވެ.

ޕާކު ތަރައްޤީކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރ އަޙްމަދު ނަރީޝްއެވެ.

ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ވިލިމާލެ 38 ނަންބަރު ކޮށީގައި މިހާރުވެސް އޮތް ޕާކެއްގެ އާބާތުރަ ފިލުވައި، ތަރައްޤީކުރުަމަށެވެ. ސްޓެލްކޯއިން ބުނީ ރަމަޟާން ނިމުމުގެ ކުރިން މި ޕާކް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށެވެެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ