ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޗައިނާގެ ސާންފާންގ ޗީޝިއާންގއަށް ޒިޔާރަތްކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާއާ ހިއްސާކުރެއްވިއެވެ. އޭގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސާންފާންގ ޗީޝިއާންގއަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ