މޯލްޑިވިއަންއަށް ބޮއިންގ 8-787 މަރުކާގެ ބޯޓެއް ހޯދަނީ

ޚަބަރު ފަހުގެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.

ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓަކީ ޒަމާނީ ސިފަތަކެއް ހިމެނޭ އަދި ތެލުގެ ހަރަދު ކުޑަ މަތިންދާ ބޯޓެކެވެ. ޑްރީމްލައިނަރގެ ނަން ދީފައިވާ މި މަތިންދާ ބޯޓަކީ ދިގު ދަތުރުތަކަށް ގިނަ އެއަރލައިންތަކަކުން ބޭނުންކުރާ މަތިންދާބޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ބުނީ އެ އެއަރލައިނަށް 6 އަހަރު ދުވަހުގެ މުއްދަތަކަށް ޑްރީމްލައިނަރއެއް ހޯދަން ބޭނުންވާކަމަށެވެ. މޯލްޑިވިއަނުން އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

ކުރިއަށް އޮތް 6 މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އައު މަންޒިލްތަކަށް ދަތުރުފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ޤައުމީ އެއަރލައިނުން ވަނީ ވައިޑް-ބޮޑީ އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް 5 އަހަރަށް ކުއްޔަށް ހޯދުމަށް އިއުލާންކޮށްފައެވެ.

މިވަގުތު ޤައުމީ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ 2 ބޯޓާއި ޑޭޝް މަރުކާގެ ބޯޓުތައް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ