އާޒިމް، މާލޭ މޭޔަރުކަން ކާމިޔާބުކޮށްފި

ފަހުގެ ސިޔާސީ

އާދަމް އާޒިމް، މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މިހާތަނަށް ގުނުނު ފޮށިތަކުން އާޒިމް ވަނީ 5،303 ވޯޓު ހޯއްދަވައިފައެވެ. އެއީ، މިހާތަނަށް ގުނުނު 41 ފޮށީގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މޭޔަރުކަމަށް އާޒިމްގެ އިތުރުން ވާދަކުރެއްވި ބޭފުޅުންގެ ނަތީޖާތައް:

* އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ – ލިބުނު ވޯޓު: 3،301
* ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން – ލިބުނު ވޯޓު: 91
* ހުސައިން ވަހީދު – ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން – ލިބުނު ވޯޓު: 1،236
* މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް – ލިބުނު ވޯޓު: 1،634

ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދެވެ. ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބިފައިވާއިރު ވޯޓުލާން ނުކުމެފައިވަނީ 17،500 މީހުންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ