އާޒިމްއަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މަރުޚަބާ ކިޔުއްވައިފި

ފަހުގެ ސިޔާސީ

މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތް އާދަމް އާޒިމް އަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މަރްހަބާ ކިޔުއްވައިފިއެވެ.

އާޒިމް އަށް ގުޅުއްވައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ވެސް އާޒިމްގެ އަރިހުގައި ރައީސް އެދިވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަން ގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

މި އިންތިހާބުގައި ޖުމްލަ 55 ވޯޓު ފޮއްޓެއް ބެހެއްޓި އިރު، 17،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ވޯޓުލާފައެވެ. އިންތިހާބުގައި 300 އަށް ވުރެ ގިނަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ