ހަނިމާދޫ ސްކޫލް ސީނިއާރ ހޭންޑް ބޯޅަ މުބާރާތް މިއަދު ފަށަނީ

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް ސީނިއާރ ދަރިވަރުންގެ ހޭންޑް ބޯޅަ މުބާރާތް މިއަދު ހަވީރު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސްކޫލްގެ ހަތަރު ހައުސް ކަމުގައިވާ ޣާޒީ، ހުރަވީ، ފާށަނާ އަދި ދޮށިމޭނާ ހައުސްގެ އަންހެން ދަރިވަރުންގެ މެދުގައެވެ. މި މުބާރާތުގައި ސްކޫލުގެ ގުރޭޑު 7، 8، 9، 10 އަދި 11 ގެ އަންހެން ދަރިވަރުން ވާދަ ކުރާނެއެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 4 ހައުސްގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ވާދަ ކުރާ ގޮތަށެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި ހަފްތާ ބުދަ ދުވަހު ހަވީރުއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގައި މިއަދު ހަވީރު 2 މެޗެއް ކުޅުމަށް ވަނީ ހަމޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަވީރު 4:00 ގައި ޣާޒީ ހައުސް ވާދަ ކުރާނީ ދޮށިމޭނާ ހައުސް އާއި އެވެ. އަދި ދެވަނަ މެޗު 5:00 ގައި ފާށަނާ ހައުސް ވާދަކުރުމަށް ހަމަޖެހިފައިވަނީ ހުރަވީ ހައުސް އާއި އެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ މެޓް ޓާފް ދަނޑުގައެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާ ފައިވަނީ ފައިނަލްގައި ފާށަނާ ހައުސް އާއި ވާދަކޮށް ޣާޒީ ހައުސް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ