ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ދިޔަ މީހުން އަނބުރާ ރާއްޖެ ގެނެސްފި

ޚަބަރު ފަހުގެ

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ދިޔަ މީހުން އަނބުރާ ރާއްޖެ ގެނެސްފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ތިބީ ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ.

ސީރިއާއިން ގެނައި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި ރާއްޖެއަށް ނިސްބަތްވާ 100 އެއްހާ މީހުން ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 90 އެއްހާ މީހުންނާ ކަމާ ގުޅޭ ފަރާތްތަކަށް ކޮމިއުނިކޭޓް ކުރެވިފައިވާކަމަށާއި އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ