އެސްޑީއެފްސީގެ ޑީއެމްޑީއަކަށް މީޒާ އައްޔަންކޮށްފި

ޚަބަރު ފަހުގެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، ފާތިމަތު މީޒާ އާދަމް މިއަދު އައްޔަންކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް އެސްޑީއެފްސީން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީޒާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރުގެ މަގާމުގައެވެ. އަދި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއާ ކްރެޑިޓް އޮފަސަރެއްގެ ގޮތުގައި ގިނަ އަހަރުތަކަކަށް އޭނާ މަސައްކަތްކުރެއްވިއެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވައި، އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން އުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފައެވެ.

އާ ސަރުކާރާއެކު، ސަރުކާރު ކުންފުނިތަކުގެ ވެރިން ވެސް ބަދަލުކުރަމުން އަންނައިރު، އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ.

އަދިވެސް އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކީ ކުރީ ސަރުކާރުން އައްޔަނުކުރި، އަހުމަދު ޒީނާދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ