ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަދައިފި

ޚަބަރު ފަހުގެ

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަދައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ، ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޓަކައ،ި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި މި މިނިސްޓްރީ ގުޅިގެން “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅުމަށް ހަމަޖައްސާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އަންގާރަ ދުވަހުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

“ވަންގަވް” މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭނީ one.gov.mv އަށް ޒިޔާރަތް ކުރެއްވުމަށްފަހ،ު އީފާސްއިން ލޮގިން ކުރައްވައިގެންނެވެ. މި ޚިދުމަތް ހޯއްދެވުމުގައި އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި “ވަންގަވް” ސަޕޯޓް ސެންޓަރ ނަންބަރ 1500 ނުވަތަ މިނިސްޓްރީއަށް ގުޅައިގެން ކުރިއަށް ގެންދެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ