ގޯލްޑަން ފުޓްސަލް ޗެލެންޖް، ޓީމް ހަނިމާދޫ ފެށީ މޮޅަކުން

ހަނިމާދޫ ކުޅިވަރު ފަހުގެ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، ޓީމް ހަނިމާދޫ ފެށީ މޮޅަކުންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފިނޭއާއި ވާދަކޮށް ހަނިމާދޫ ޓީމް މެޗު ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ މެޗުގައި ޓީމް ހަނިމާދޫގެ ގޯލުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާލިފް އިބްރާހީމުގެ އިތުރުން ހުޒާމް ޢަބްދުއް ރަހީމާއި އަބޫބަކުރު ސިއްދީގާއި ނައުފަލް ޢަބްދުއް ރައޫފެވެ.

މި މުބާރާތުގައި ދެން ޓީމް ހަނިމާދޫ މެޗެއް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު 21:00 ގައި ވައިކަރަދޫއާ ދެކޮޅަށެވެ.

ހދ. އަތޮޅުން މިފަހަރު 11 ޓީމަކުން ވާދަކުރެއެވެ. އެ އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ނޮކްއައުޓަށް ދާނީ ޖުމުލަ 8 ޓީމެވެ. ހަނިމާދޫ ހިމެނޭ ގުރޫޕު-1 ގައި ހިމެނެނީ، ހަނިމާދޫ، ފިނޭ، ވައިކަރަދޫ، އަދި މަކުނުދޫއެވެ.

ވައިކަރަދޫ ވަނީ ރޭ އެމީހުންގެ ފުރަތަމަ މެޗުގައި މަކުނުދޫ އަތުން 3-2 ބަލިވެފައެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ