ސިފްކޯ ފްލެޓްތަކުން ފުލެޓް ލިބުނު ސިފައިންނަށް ފްލެޓްތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށައިފިއެވެ.
3 ޓަވަރަކަށް ތަރައްޤީކޮށްފައިވާ މި ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުގަނޑިތައް ޙަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.
ސިފްކޯއިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ މިދިޔަމަހުގެ ކުރީކޮޅު ގުރުއަތު ލައިގެންނެވެ.
1100 އަކަފޫޓުގެ ޖާގައިގެ ތަނަވަސް 691 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ ސިފައިންގެ “ސިފްކޯ ހިޔާ”ގައި ހިމެނޭ، 330 ފްލެޓާއި، ފުލުހުންގެ “ޕޮލްކޯ” ގައި ހިމެނޭ 361 ހައުސިންގ ޔުނިޓެވެ. މިއީ ރަނގަޅު ފެންވަރުގައި ތަރައްޤީކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.


