އިންޓަރ ހައުސް ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފާށަނާ ހައުސް ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފާށަނާ ހައުސް ހޯދައިފިއެވެ.

ފާށަނާ ހައުސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު ވާދަކޮށް 10 ލަނޑު 1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއަދުގެ މެޗުގައި ޣާޒީގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައިޝަތު ޔަޝްމީއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ މެޗުގައި ފާށަނާ ހައުސްގެ ލަނޑުތައް ކާމިޔާބު ކޮށްދިން ގޮތަށް ބަލާއިރު، ފާށަނާ ހައުސްގެ ފާޠިމަތު ނާޝް ވަނީ 6 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމުގެ އައިމިނަތު ދީނާ 3 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު ސާނިހާ މުޙައްމަދު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފާށަނާ ހައުސް ފާޠިމަތު ނާޝްއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނަ އަށް ދިޔަ ޓީމް ތަކަށާއި ދަރިވަރުންނަށް ވަނީ ތައްޓާއި މެޑަލް ހަވާލު ކޮށްފައެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވަނީ ހޮވާފައެވެ. މީގެ އިތުރުން ފެއާރ ޕްލޭ ޓީމްއާއި ޗެމްފިއަން އަދި ރަނަރަޕް ޓީމްވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:
– އައިމިނަތު ލީމް އިލްޔާސް (ފާށަނާ ހައުސް)
– ސާނިހާ މުޙައްމަދު (ފާށަނާ ހައުސް)
– ޝާޔާ އަޙުމަދު ރަޢޫފް (ހުރަވީ ހައުސް)
– އައިމިނަތު ލަޔާން (ޣާޒީ ހައުސް)
– އައިޝަތު އުމާމާ (ދޮށިމޭނާ ހައުސް)
– ފާޠިމަތު ނާޝް (ފާށަނާ ހައުސް)
– އައިމިނަތު ދީނާ (ފާށަނާ ހައުސް)

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފާށަނާ ހައުސްގެ ފާޠިމަތު ނާޝް އެވެ. ނާޝް ވަނީ މި މުބާރާތުގައި މުޅި އެކު 29 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މުބާރާތުގެ ފެއާރ ޕްލޭ ޓިމަކަށް ހޮވުނީ ދޮށިމޭނާ ހައުސް އެވެ.

ހަނިމާދޫ ސްކޫލުގެ ފިރިހެން ދަރިވަރުންގެ ސީނިއާރ ފުޓްސަލް މުބާރާތް މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މާދަމާ ހަވީރު ފުރަތަމަ މެޗްގައި 4:00 ގައި ހުރަވީ ހައުސް އަދި ފާށަނާ ހައުސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ މެޗުގައި 5:00 ގައި ބައްދަލުކުރާނީ ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ.

މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ބޯޅަ ދަނޑުގެ ވިނަ ޓާރފް ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ