މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާގެ މެމްބަރު ޕީއެންސީއަށް ސޮއިކުރައްވައިފި

ފަހުގެ ސިޔާސީ

މާލެ ސިޓީ ކައުންސިލް މެދު ހެންވޭރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަހުމަދު ރިޝްވާން ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.

ރިޝްވާންވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލުކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޝްވާން ސޮއިކުރެއްވިކަން ހާމަކުރަމުން ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދު ހެންވޭރު ދާއިރާއަށް އެމްޑިޕީގެ ޓިކެޓްގައި އިންތިޚާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.

މާލެސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބޭއްވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

މާލެ ސިޓީ މޭޔަރާއި، ކައުންސިލްގެ 3 ދާއިރާއަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ދަރުބާރުގޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ