ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަނިމާދޫ ދާއިރާ މަޖިލީހުގެ ގޮނޑި ޕްރައިމަރީއަކާއި ނުލައި އިދުރީސްއަށް

ހަނިމާދޫ ފަހުގެ ސިޔާސީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަނިމާދޫ ދާއިރާ މަޖިލީހުގެ ގޮނޑި ޕްރައިމަރީއަކާއި ނުލައި އިދުރީސް ޢަބްދުﷲ،، އިރުދޯދި،ހދ.ހަނިމާދޫ ކާމިޔާބު ކޮށްފިއެވެ.

މިކަން އިއުލާންކޮށް އެ ކޯލިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ކޯލިޝަނުން މަޖިލީހުގެ ޕްރައިމަރީއަށް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި އެއްފަރާތުން ނަން ހުށައަޅާފައިވާ އަދި އެކިއެކި ސަބަބުތަކާއެކު ނަން ބައެއް މެންބަރުން ނަގާފައިވާތީ ޕްރައިމަރީއާ ނުލައި ހޮވިފައިވާ ކަނޑިޑޭޓުންގެ ނަން ހާމަ ކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ހަނިމާދޫ ދާއިރާ ހިމެނޭހެން 13 ދާއިރާއެއް ވަނީ އިއުލާން ކޮފައެވެ. އެއީ ހޯރަފުށި، ބާރަށް، އޭދަފުށި، މަހިބަދޫ، ނިލަންދޫ، ތިމަރަފުށި، ފޮނަދޫ، ހުޅުދޫ، ގަލޮޅު މެދު، ހެންވޭރު ހުޅަނގު، އަދި ހުޅުމާލޭ މެދު ދާއިރާއެވެ.

ހަނިމާދޫ ދާއިރާއަށް ވާދަކުރާނެކަމަށް އިދުރީސް ހިމެނޭހެން އިތުރު 2 ފަރާތަކުން ނަން ހުށައެޅިއެވެ. އެއީ އަހުމަދު ޢަބްދުލް ވާހިދު، ހދ.ހަނިމާދޫ، ދިލްކަސްވިލާ އަދި ހދ.ހަނިމާދޫ، ފިޔާތޮށިގޭ ޢަބްދުﷲ އާދަމް އެވެ. މި ދެފަރާތް ވަނީ ނަން އަނބުރާ ނަގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ