ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒަމާނީ 32 މެޑިކަލް އެނދު ހަދިޔާކޮށްފި

ޚަބަރު ފަހުގެ

އިސްލާމިކް ޗެރިޓީ ފަންޑުންޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާކޮށްފިއެވެ.

އެ ފަންޑުން ޒަމާނީ މެޑިކަލް އެނދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވައުޗަރ ވަނީ ހަވާލުކޮށްފައެވެ. މި ވައުޗަރ އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްއާ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވިދާޅުވީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އެ ވުޒާރާގެ ފަންޑުން ޚަރަދުކޮށް ގެން ހަދިޔާ ކުރަނީ ޒަމާނީ މެޑިކަލް އެނދު ކަމަށެވެ.

މިއަދު ހަދިޔާކުރާ އެނދުތަކަށް ފަސްލައްކަ ހަތަރު ހާސް ރުފިޔާ އަރައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭ ކަމަށެވެ. އަދި މުޖުތަމައުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާޤު ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް އެދިވަޑައިވަޑައިގަންނަވާފައެވެ. އަދި ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ޚަރަދު ކުރުމަށް ކަމަށްވެސް އެދިވަޑައިގެންނެވިއެވެ. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ