ކެންސަރުގައި ނިއާވި ފިރިމީހާގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން ސޮއިކޮށްފި

ޚަބަރު ފަހުގެ

ކެންސަރު ބަލީގައި 2022 ވަނަ އަހަރު މަރުވި އަހުމަދު އަލީމްގެ ހަނދާނުގައި އޭނާގެ އާއިލާ އިން ގާއިމުކޮށްފައިވާ ފައުންޑޭޝަނުން ހުޅުމާލޭގައި މިސްކިތެއް ހެދުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއެކު މިއަދު ސޮއިކޮށްފި އެވެ.

ބައިލް ޑަކްޓް ކެންސަރުގައި އަލީމް މަރުވީ 15 އޭޕްރިލް 2022ގަ އެވެ. އަލީމްގެ ހަނދާނުގައި “އަލީމް ފައުންޑޭޝަން” އުފައްދައި އޭނާގެ އާއިލާ އިން ވަނީ، އަލީމްގެ ދެމަފިރިން ދިރިއުޅުން ބިނާކުރި އޮސްޓްރޭލިއާގެ ޕާތުގައި މިސްކިތެއް އެޅުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށައިފަ އެވެ. އެކަމަށް ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރުމަށް އަމިއްލަ ތިން ފަރާތަކާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަލީމް ފައުންޑޭޝަނުގެ އިތުރުން ދެން ހިމެނެނީ ލީސާ ލޯމްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަނެވެ.

އޭގެ ތެރެއިން އަލީމް ފައުންޑޭޝަނާއި ލީސާ މޯލްޑިވްސް އިން މިސްކިތް ބިނާކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދާނީ މާލޭ ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރުމުގެ މަސައްކަތެވެ. އެކި ފިޔަވަހިތަކަށް ބަލާހައިގެން އަޅާ އެ މިސްކިތްތަކަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ