ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ ނިޔަމިކަމުގެ ސެޓްފިކެޓް 2 ގައި ބައިވެރިވާން ހުޅުވައިލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ ނިޔަމިކަމުގެ ސެޓްފިކެޓް 2 ގައި ބައިވެރިވާން ހުޅުވައިލައިފިއެވެ.

މި ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެެންނެވެ

އިޝްތިހާރު
އިޝްތިހާރު

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 ފެބްރުއަރީ 16:00 ކުރިން 7973774 އަށް ގުޅުއްވައިގެން ނުވަތަ އައިޑީ ކާޑް ވައިބާ ކޮށްގެން ނަން ނޯޓް ކުރުމަށް ހަނިމާދޫ ފޮލިސް ސްޓޭޝަނުން އެދިލައްވައެވެ.

ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯހަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ މާއްދާގެ ދަށުން ކަނޑުގައި ދުއްވާ އެތެރޭގެ އުޅަނދުފަހަރުގެ ކެޓަގަރީ ”ބީ”، ”ޑީ ” އަދި ”އީ” ގެ އުޅަނދުފަހަރު ދުއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޤައުމީ ސަނަދު އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 2 ގެ ކޯހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ