މާލެ ސިޓީގެ 3 ކައުންސިލަރަކު ޕީއެންސީއަށް

ފަހުގެ ސިޔާސީ

މާލެ ސިޓީ ކައުންސިލްގެ 3 ކައުންސިލަރަކު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ސޮއިކޮށްފިއެވެ.

ކޮންގްރެސް ޕާޓީއަށް މިއަދު ސޮއިކުރީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރާއި މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަރީޝާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބޭފުޅުން ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު، ޕާޓީއާ ގުޅުނު ފޯމާއި ހަވާލުވެވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ކައުންސިލް މެންބަރުންގެ ތެރެއިން އިބްރާހިމް އަބޫބަކުރު އަކީ ޕީޕީއެމްގައި ހުންނެވުމަށްފަހު އަލަށް އުފައްދަން މަސައްކަތްކުރާ ޕީއެންއެފްއަށް ސޮއިކުރެއްވި ބޭފުޅެކެވެ.

އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވި މެންބަރު އަރީޝް މިހާތަނަށް ހުންނެވީ ޕީޕީއެމްގައެވެ. އަދި ނާޒިމާއަކީވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ