މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ގެއެއްގެ ތެރެއިން މަރުވެ ކުނިވެފައިވާ މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހަކު ހަބަރެއްނުވެގެން މިރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރިޕޯޓާއި ގުޅިގެން އެމީހާ މާލެ އައިސްހުރި ގެއަށް ފުލުހުން ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު އެމީހާ ނިޔާވެފައި އޮއްވައި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ