ހެލިކޮޕްޓަރު ދުއްވަން އަލުން ފަށަން ސަރުކާރުން ނިންމައިފި

ޚަބަރު ފަހުގެ

ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެ މަސައްކަތަށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުން ކުރުމަށާއި، އެ ޚިދުމަތް ފޯރުކޮށް ދޭނީ ވާދަވެރި ބީލަމަކަށް ހުޅުވާލުމަށް ފަހު، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކޮށްގެން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ތަޖުރިބާކާރެއް ނެގުމާއި ސިވިލް އޭވިއޭޝަންގެ ބަޖެޓު އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްކުރާ ފަރާތްތަކަށް 6-7 އަހަރުގެ އެކްސްކްލުސިވިޓީއެއް ދިނުމާއި އައިކާއޯ ސްޓެންޑާޑްތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި އަލުން ފަށަން ނިންމާފައިވާއިރު މީހުން ހޯދުމާއި ބަލި މީހުން އުފުލުގައި މީގެކުރިން ބޭނުންކޮށްފައިވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ