އުޝާމު އަދި ޑރ. ޝަހީމަށް ރުހުން ނުދިން

ޚަބަރު ފަހުގެ

އެޓާނީ ޖެނެރަލް އަހްމަދު އުޝާމައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 13:30ގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އުޝާމު އެޓާރނީ ޖެނެރަލްގެ މަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ވަނީ 44 މެންބަރުން ވޯޓުދީފައިވެއެވެ. އަދި އުޝާމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުދިނީ 24 މެންބަރުންނެވެ. ވަޒީރަކަށް ރުހުން ލިބެނީ މަޖިލީހުގެ 35 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ 30 މެންބަރުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. الحمدلله އިސްލާމް ދީނަށް ނަސްރު ލިބުނު ދުވަހެއް! ވިޔަފާރިވެރިޔަކު މިނިސްޓްރީއާއި ހަވާލުވެ ހައްޖު ޒަކާތް ފަދަ ރުކުންތައް އަމިއްލަ ޖީބަށްލާ ހުސްނުވަނީސް ސަލާމަތްވި ދުވަހެކެވެ.